ads
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފޯރަމްއެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ: ފައިސަލް
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، އިގްތިސާދީ އަދި އިޖުތިމާއީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ފައިސަލް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރުނު މުނާސަބަތުގައި ޝޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެވެ. ފައިސަލް މިހެން ވިދާޅުވިއިރު، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖާ (ރިވައިޒް) ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް ހޯދާ ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވަން ޖެހޭ ގޮތަށް ބަދަލުކޮށް ސިޔާސީންގެ މެދުގައި ރިކޯލް ނެގުން ގާނޫނުން ލާޒިމްކޮށް، ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. 

އެދޭ ރާއްޖެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުންގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުމާއި
  • ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބު އައްޔަނު ކުރުމާއި ވަކި ކުރާގޮތަށް ހަމަޖެއްސުމާއި
  • ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ހުށަހަޅައި އަދި ޕާޓީތަކުން އެއްބަސްވާ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުމެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

މި މި ފަދަ ބަދަލު ތަކެއް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން  ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟

ފައިސަލް ވަނީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ގިނަ އިސްލާހުތަކެއް ލިޔުއްވާފަ އެވެ. ފައިސަލް ވިދާޅުވި ގޮތުގައި، 2004އިން 2008 ވަނަ އަހަރާ ދެމެދު ގާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތައް ކުރެވުނެވެ. އެ އުންމީދުތައް ރައްޔިތުންނަށް ހާސިލުވި މިންވަރާމެދު، ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިގުތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށް" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަަށް ވިދާޅުވީ، މި ބަދަލުތަކަކީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުން އެދޭ ފަދަ އިންސާފުވެރި އަދި ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމަށެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;