ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ވެރިކަން ހިންގުމުގެ އެންމެ އިސް ބާރު އޮންނަންވާނީ އެކެއްގެ އަތްމަތީގައި ކަމަށެވެ. ބޮޑުވަޒީރަކާއި ރައީސަކު ތިބެގެން ބާރުތައް ބަހާލައިގެން ވެރިކަން ކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާއި އެއީ ހަރުދަނާ ނިޒާމެއް ނޫން ކަމަށް އެ މަނިކުފާނު ސިފަކުރެއްވި އެވެ.
ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ނަމަވެސް، އެއީ ހަމައެކަނި އެ ނިޒާމުގެ "ތިއަރީ" ރަނގަޅުވުމުން ކުރެއްވި ތާއީދެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ ނަމަ، "ވާނުވާ" ބަންދު ފަދަ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވޭ ފަދަ ކަންކަމަށް ބަދަލު ގެނައުމަކުން މައްސަލައެއްނެތެވެ. އެކަމަކު ވެރިކަމުގެ ނިޒާމާ ގުޅޭ އެއްވެސް ބަދަލަކަށް ތާއީދުނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކުގައި ސިޔާސީ މަސައްކަތްތައް ފައްޓަވާފައިވާއިރު، ފައްޔާޒު ކުރިން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި ބައެއް އުނިކަންކަމުގެ ސަބަބުން ރާއްޖޭގައި ވެރިކަން ހިންގަމުންދަނީ ރައީސްގެ ބާރުތައް ބޮޑުވެ ރައްޔިތުންގެ އާންމު ހާލަތު ނިކަމެތިވާ މިސްރާބަކަށް ކަމަށެވެ.
އެހެންވެ، ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން އެ ދެބޭފުޅުން ހުށަހެޅުއްވި އެވެ. އޭގެތެރޭގައި ހިމެނެނީ:
"ބޮޑު ބަދަލު" އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސްއެއް ހުންނެވުމުގެ އިތުރަށް ސަރުކާރުގެ ވެރިޔަކު ވެސް ހުންނަ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން އިއުލާންކުރި ހަރަކާތެކެވެ.
ކުރިން މަޖިލިސް މެންބަރުކަމާއި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒަކީ މި ޝިއާރުގެ ދަށުން 2028 ގެ ރިޔާސީ އިންތިހާބުގައ ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;