ޔާމީން މިހެން ވިދާޅުވީ، ސަންގު ޓީވީއަށް ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ޔާމީން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ޖަލަށްލައި އެ ފުރުސަތު އެމަނިކުފާނަށް ގެއްލުވާލުމުން ކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒަށް އެހެން ހައްދަވަން ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކަންކަމަށާއި ވެރިކަންކުރާ ޕީއެންސީ ދައްކާ ބައެއް ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ 2028ގެ އިންތިހާބު ކާމިޔާބުކުރެއްވޭވަރާ ގާތަށް ވެސް ވޯޓު ނުލިބޭނެކަން ރައީސް މުއިއްޒަށް ވެސް މިހާރު ގަބޫލުކުރައްވާނެ ކަމަށެވެ. މި ސަރުކާރުގައި ކުރިމަތިވި ކޮންމެ އިންތިހާބަކުން ވެސް ރައްޔިތުން ދައްކަމުންދަނީ މި ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތައް ކަމުން އެކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ.
ބާކީ އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭ ރައްޔިތުންގެ އިތުބާރު ހޯދައި މި ސަރުކާރަށް އިތުރަށް ތާއީދު ހޯދޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް ޔާމީން ރޭ ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;