ads
އިހްސާން އަދި ކުޑޫ
ހިންމަފުށީ ޑްރަގް ރީހެބްގެ ހާލަތާއި ބެހޭ ގޮތުން ސުވާލުކުރަން ހުށަހަޅައިފި
ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ސިޓީއެއް ހުށަހަޅައިފި އެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ސިޓީގައި ރިހިބިލިޓޭޝަން ސެންޓަރުގެ މިހާރުގެ ހާލަތާއި އެތަނުގެ ހިންގުން ހުރިގޮތާއި ތަނުގެ ހާލަތާމެދު އެ ސެންޓަރުން ފަރުވާ ހޯދަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން އެތަނުގެ ނިޒާމީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށާއި ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި، އިންސާނީ ކަރާމާތުގެ އިތުރުން އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ސެންޓަރުގައި ބަލި މީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތްކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯއާ އެކަށީގެންވާ މިންވަރަށް ކައުންސިލަރުންނާއި މެޑިކަލް ސްޓާފުން ތިބިތޯ އަދި ސެންޓަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ކޮބައިތޯ ކުޑޫ ވަނީ ސުވާލުކުރައްވާފަ އެވެ.

ފަރުވާ ހޯދަމުންދާ މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި، ފާހާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.

އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމުން އެއިން މަހުރޫމު ކުރުމަކީ ފަރުވާގެ ނަތީޖާ ގެއްލި އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އަދި މި މައްސަލައަކީ ދިވެހި މުޖްތަމައުއާއި ވަރަށް ބޮޑަށް ގުޅުން ހުރި ކަމެއް ކަމުން މި ސިޓީ ޖަވާބު ވީހާވެސް އަވަހަށް ދިނުމަށް ކުޑޫ ވަނީ އެދިލައްވާފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;