ads
މަދިރިން ރައްކާ ޕްރޮގްރާމް ފެށުމުގެ ތެރެއިން
"މަދިރިން ރައްކާ" ކެމްޕޭންގެ ދަށުން އަމާން ދޯދި ޓަވަރުތައް ކައިރި ސާފު ކުރަނީ
"މަދިރިން ރައްކާ" ކެމްޕޭންގެ ދަށުން އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
Advertisement

މިއަދު ހެނދުނު އެ ސަރަހައްދު ސާފުކުރަން ފަށާފައިވަނީ އެޗްޑީސީއާއި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކުގަ އެވެ.

"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފޮގުކުރުމާއެކު ސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިދިޔަ ހަފްތާގައިވެސް ބޭއްވި މަދިރިން ރައްކާ ކެމްޕެއިންގެ އިވެންޓަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އެ ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން މޯޕާ އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު މިއަދު ވެސް ވަނީ ބައިވެރިވެފަ އެވެ.

އެޗްޑީސީން އިތުރަށް ފާހަގަ ކުރި ގޮތުގައި އެފްޑީސީ 4000 ފުލެޓު ސަރަހައްދުގައި ކުރިއަށް ގެންދެވުނު ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތުގައި އެޗްޑީސީ އެމްޑީ، އެފްޑީސީ ޑީއެމްޑީގެ އިތުރުން ޕޮލިސް އަދި ހެޗްޕީއޭގެ އިސް ވެރިން ވަނީ އަމަލީ ގޮތުން  އިސްނަގައި ނަމޫނާ ދައްކަވާފައި ކަމަށާއި ވަށައިގެންވާ މާހައުލަކީ ސާފުތާހިރު، ރައްކާތެރި، އަދި އެންމެންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިންމު ކަމުގައި އެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;