ads
ފޮޓޯ:ބޮލީވުޑްރެޓްރޯ
7 ރީތީގެ ރާނީން އެއް ފޮޓޯއަކުން
އިންޑިއާ އަކީ އެގައުމުގެ އަންހެނުންގެ ރީތިކަމަށް މަޝްހޫރު ގައުމެކެވެ. މަޝްހޫރު ބޮލީވުޑް އެކްޓަރުން އިން ފެށިގެން ސޯޝަލްމީޑިއާ ސެންސޭޝަންސް އިންޑިއާގައި އުފެދުފައިވާއިރު، މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ރީތިކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކާ މީހުންނެވެ.

އިންޑިއާ އިން ދުނިޔޭގެ އެންމެ ރީތި ރާނީގެ ލަގަބު އެތައް ފަހަރު ގެންގޮސްފައި ވާއިރު، އެގައުމުގެ ހަތް ރީތީގެ ރާނީން އެއް ފޮޓޯއަކުން ފެނިގެން ދިއުން އެއީ ގިނަ ބައެއްގެ ސަމާލުކަން އެފޮޓޯއަށް ހުއްޓޭނެ ސަބަބެކެވެ. 

ރެޓްރޯބޮލީވުޑް އިން އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވާ ފޮޓޯ އަކުން އިންޑިއާގެ ހަތް ރީތީގެ ރާނީން ފެންނަ އިރު، އޭގެ ތެރޭގައި މިސް ޔުނިވާސް، މިސް ވޯލްޑް އަދި މިސް އޭޝިއާ ޕެސިފިކް ވެސް ހިމެނެއެވެ. 

ފޮޓޯގެ ވާތް ފަރާތުން ފެށިގެން އެންމެ ފުރަތަމަ ހުރީ 1994 ވަނަ އަހަރުގެ މިސް ޔުނިވާސް، ސުޝްމިތާ ސެން އެވެ. އޭނާ އާއި ޖެހިގެން 2000 ވަނަ އަހަރުގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާ ހުރި އިރު އޭނާ އާއި ޖެހިގެން ހުރީ 2000 ވަނަ އަހަރުގެ މިސް ޔުނިވާސް ލާރާ ދުއްޓާ އެވެ. ފޮޓޯގެ މެދުގައި ހުރީ 1999 ވަނަ އަހަރުގެ މިސް ވޯލްޑް، ޔުކްތާ މޫކޭ އެވެ. 

ފިޔާތޮށި ކުލައިގެ ހެދުމެއްގައި 2000 ވަނަ އަހަރުގެ މިސް އޭޝިއާ ޕެސިފިކް ފެނިގެންދާ އިރު އޭނާ ކައިރީގައި ހުދު ކުލައިގެ ހެދުމެއް ގައި 1997 ވަނަ އަހަރުގެ މިސް ވޯލްޑް ފެނިގެން ދެއެވެ. އަދި ފޮޓޯގެ އެންމެ ކަނާތް ފަރާތުން ފެނިގެން ދަނީ 1994 ވަނަ އަހަރުގެ މިސް ވޯލްށް އައިޝްވާރިއާ ރާއީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް