ads
ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ: ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭ ގޮތަށް އޭ ލެވެލްގެ ކްރައިޓީރިއާ ދަށްކޮށްފި - ފޮޓޯ:އަވަސް
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭ ގޮތަށް އޭ ލެވެލްގެ ކްރައިޓީރިއާ ދަށްކޮށްފި
ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހުކޮށްފި އެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި އޭ ލެވެލް އަށް ވަދެވޭނެ ތިން ގޮތެއް ކަނޑައަޅާފައިވެ އެވެ. އެއީ އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

މި ތިން ގޮތަށް ވެސް ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.

އެކެޑެމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތުތައް:

  • ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބުން.
  • ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން "ސީ" ފާސް ލިބި، ހިސާބުން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބުން.
  • ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބި، ދަރިވަރު ކުރިއަށްދާން ބޭނުންވާ މަސައްކަތު ދާއިރާއާ ގުޅޭ އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން "ސީ" ލިބުން.
  • ހިސާބު ނުވަތަ އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް ދެ މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބުން.
  • ހިސާބުން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބި، ހިސާބާއި ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބުން.
  • އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބި، ސްޓްރީމް މާއްދާއާ ގުޅުންހުރި އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބުން.
  • އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން ސާނަވީ އިމްތިހާނު ހަދާ ދަރިވަރުން ސާނަވީ ނިންމާ، އިމްތިހާނުތަކުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބުން.

ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވަލް3 ޑިޕްލޮމާ، ޕިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވަލް3 އެކްސްޓެންޑެޑް ޑިޕްލޮމާ އަދި ޓިވެކް ކޯހަށް ވަނުމުގެ ޝަރުތުތައް:

  • ޕިއާސަން ބިޓެކް އިންޓަނޭޝަނަލް ލެވެލް2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހަކުން ދަށްވެގެން ފާސް ލިބިފައިވުން.
  • އައިޖީސީއެސްސީ، ޖީސީއީ އޯ-ލެވެލް އިމްތިހާނާއި، އެސްއެސްސީ އިމްތިހާނުގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަސައްކަތުގެ މާހައުލުގައި ކިޔެވުމަށް ނުވަތަ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް:

  • ޕިއާސަން ބިޓެކް އިންޓަނޭޝަނަލް ލެވެލް2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހަކުން ދަށްވެގެން ފާސް ލިބިފައިވުން.
  • އައިޖީސީއެސްސީ، ޖީސީއީ އޯ-ލެވެލް އިމްތިހާނާއި، އެސްއެސްސީ އިމްތިހާނުގެ ކޮންމެވެސް އެއް މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

އޭގެ ތެރެއިން އައިސީޕީގެ ދަށުން ކިޔެވުން ފުރިހަމަ ކުރާ ކުދިންގެ ތެރެއިން އެކަޑަމިކް ސްޓްރީމްތަކާއި ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ އާއި އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ކަމަށެވެ. އަދި މި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައި ނުވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭލެވެލް ކިޔަވާ ކުދިން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވާއިރު، އަތޮޅުތަކުގެ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ ރަށްރަށު ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަ ނުވާ ކުދިންނަށް މިނިސްޓްރީގެ ހުއްދައާ އެކު ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޑިޔުކޭޝަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް