މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ އެ އިދާރާއިން ފޯރުކޮށްދޭ ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގައްދޫގައި އެ ހިދުމަތް ތައާރަފުކުރެވުމާއެކު، މިހާރު ހުވަދު އަތޮޅު ދެކުނު ބުރީގެ ދެ ރަށަކުން އެ ހިދުމަތް ލިބޭނެ ކަމަށެވެ. މީގެ ކުރިން ގދ.ތިނަދޫގައި އެ ހިދުމަތް ތައާރަފުކޮށްފައި ވެއެވެ.
"އިމުގާ" ޕޯޓަލު މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާއިރު ހައްދާ ޕާސްޕޯޓާ ހަވާލުވާ މަރުކަޒު އިހުތިޔާރުކުރާއިރު ތިނަދޫ ނުވަތަ ގައްދޫން ޕާސްޕޯޓާ ހަވާލުވުމަށް ހުށަހެޅޭ ގޮތަށް މިހާރު ޕޯޓަލަށް އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ހިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ، މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މިޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;