ads
މެސީ އޭނާގެ ބައްޕައާއެކު
ލިއޮނެލް މެސީގެ ބައްޕަ މަރުވެއްޖެ
އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބައްޕަ، ޚޯރްޚޭ މެސީ (ޖޯޖް މެސީ) އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ.
Advertisement

އާޖެންޓީނާގެ ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީގެ ބައްޕަ މަރުވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުއެވެ. މެސީގެ ބައްޕަ މަރުވީ ކެންސަރު ބަލީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޯލްޑްކަޕްގެ ތެރޭގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު، މެސީ ވަނީ ޖަޒުބާތުގައި ޖެހި ރޮއެފައެވެ. އެއަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނެފައިވަނީ ރޮވުނީ ފުޓްބޯޅައާ ގުޅުންހުރި ކަމަކުން ނޫން ކަމަށާއި، ފާއިތުވި ދުވަސްތަކަކީ އޭނާއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. 

މެސީގެ އެ ވާހަކަތަކާ ގުޅިގެން މީޑިއާތަކުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. އެއީ އޭނާގެ ބައްޕަގެ ސިއްހީ ހާލަތާ ގުޅުންހުރި ކަމެއް ކަމަށް ރިޕޯޓުތައް ބުނަން ފެށުމުން، މެސީގެ އާއިލާއިން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޚޯރްޚޭ މެސީ ދިޔައީ ސިއްހީ މައްސަލަތަކަކަށް ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ހޯއްދަވަމުން ކަމަށާއި، އާއިލާގެ އަމިއްލަ ކަންކަމަށް އިހުތިރާމްކޮށް، ސިއްރު ހިފެހެއްޓުމަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;