ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން އެފަދައިން ވިދާޅުވެފައިވަނީ އެތަނަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް ޑޮކްޓަރަކު ޖިންސީ ގޯނާ ކުރި ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލި މީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އެ ހޮސްޕިޓަލުން ހިދުމަތްދޭ ބަލިމީހުންނާއި ތަނުގެ މުވައްޒަފުންގެ އަމިއްލަ މައުލޫމާތު އެ ހޮސްޕިޓަލުން ފުރިހަމައަށް ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފައިވެ އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅުވައި ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމުގެ ސަބަބުން އެ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ނަފުސާނީ ގޮތުން ނުތަނަވަސްކަން ލިބި ސިއްހީ ހިދުމަތްތަކަށް އޮންނަ އިތުބާރު ގެއްލިގެންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;