ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ސަރަހައްދު ސާފުކޮށްފައިވަނީ "މަދިރިން ރައްކާ"ގެ ނަމުގައި އިއްޔެ ހިންގި ހަރަކާތެއްގަ އެވެ.
އިއްޔެއެކަނިވެސް އެ ސަރަހައްދުން ވަނީ 670 ޓަނުގެ ކުނި ނަގާފައިކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ބާކީ ހުރި ކުނިތައް މިއަދު ނަގާ މުޅި ސަރަހައްދު އެއްކޮށް ސާފުކޮށް ނިންމާނެކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތަތްކުރި އަމާން ޓަވަރުތަކަށް މީހުން ބަދަލުވާން ފެށީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައެވެ. އެއާއި އެކު އެތަން ކުނި ގޮނޑަކަށްވެ އެތައް ފަހަރަކު އެފްޑީސީން ވަނީ އެ ސަރަހައްދު ސާފުކޮށްފައެވެ. އެ ކުންފުނިން އެންމެ ފަހުން އާޢްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެ ސަރަހައްދުން ކުނި ނަގާ ސާފުކުރުމަށް މިހާތަނަށް ވަނީ 13.5 މިލިއަން ރުފިާ ހަރަދުކޮށްފައެވެ.
ކުނި ނަގަން ހޭދަކުރި އަދަދުތައް
އެ ސަރަހައްދުން މިހާތަނަށް ނެގި ކުނީގެ އަދަދުވެސް އެފްޑީސީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން މިހާތަނަށް އެ ސަރަހައްދުން 5 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާކަމަށް އެފްޑީސީން ބުނެއެވެ.
އެފްޑީސީން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މާރިޗު މަހާ ހަމައަށް 3,178 ޓަނު ކުނި އެ ސަރަހައްދުން ނަގާފައިވާކަމަށެވެ. އަދި މި އަހަރުގެ މެއި މަހުން ފެށިގެން ޖޫން މަހާ ހަމައަށް 1,862 ޓަނުގެ ކުނި ނެގިކަމަށްވެސް އެފްޑީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;