މިދިޔަ ބުދަދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.
ފޮރިން ބުނީ ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަަންނަ ކަމަށެވެ. އަދި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގެއްލުނު މީޙުން ހޯދުމަށް ޑްރޯން މެދުވެރިކޮށް ބަލަނީ
އެމްއެންޑީއެފުން ބުނީ ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބަލާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އެއްވެސް ހަބަރެއް މިހާތަނަށް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;