ads
އެމްޕީއެލް ބަނދަރުން ކުކުޅުބިސް ކޭސްތަކެއް ނެރެނީ
މިދިޔަ ހަފްތާގައިވެސް އެންމެ ގިނައިން އެތެރެކުރީ ބިހާއި ފިޔާ
މިދިޔަ ހަފްތާގައިވެސް އެންމެ ގިނައިން ރާއްޖެ އެތެރެކުރީ ބިހާއި ފިޔާކަމަށް އެމްޕީއެލްގެ ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

އެމްޕީއެލުން އާޢްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ބިހެވެ. އެގޮތުން 18732 ކޭސް ބިސް ރާއްޖެ އެތެރެކޮށްފައިވާކަމަށް އެމްޕީއެލުން ބުނެއެވެ. ދެން އެންމެ ގިނައިން ފިޔާ އެތެރެކޮށްފައިވާއިރު މިދިޔަ ހަފްތާގައު 13259 ގޯނި ފިޔާ ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. 

ތިންވަނައަށް އެންމެ ގިނައިން މިދިޔަ ހަފްތާގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލަކީ އަލުވިއެވެ. އެގޮތުން 6864 ބަސްތާ އަލުވި މިދިޔަ ހަފްތާގައި ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. 

your imageއެމްޕީއެލްގެ މަސައްކަތެއްގެ ތެރެއިން 

މޭވާގެ ބާވަތްތަކުން މިދިޔަ ހަފްތާގައި ރާއްޖެއަށް ކަނޑުމަގުން އެންމެ ގިނައިން އެތެރެކުރީ ކަރައެވެ. އެގޮތުން 5869 ބަސްތާ ކަރާ ވަނީ އެތެރެކޮށްފައެވެ. ދެވަނަ އެންމެ ގިނައީ ދޮންކޭލެވެ. އެގޮތުން 1751 ގަނޑު ދޮންކެޔޮ މިދިޔަ ހަފްތާގައި ރާއްޖެ އެތެރެކުރިިރު 3947 ކޭސް އަލަނާސިވެސް ވަނީ މިދިޔަ ހަފްތާގައި ރާއްޖެއަށް އެތެރެކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;