ގިނަ ދުވަސްތަކަކަށް ފަހު އިމްރާން އެނބުރި އަންނަ އާ ފިލްމުގައި އޭނާއާއެކު ފެންނާނީ ބޮލީވުޑްގެ އެކްޓްރެސް ބޫމީ ޕެޑްނޭކަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިމްރާން ހާން އެނބުރި އަންނަ ފިލްމަށް ދީފައިވާ ނަމަކީ "އަދޫރޭ ހަމް އަދޫރޭ ތުމް" އެވެ. މި ފިލްމާ ގުޅޭގޮތުން އިމްރާން ބުނީ، ބޫމީއަކީ ކުރިން ކަބީރުރިޝްތާ.ކޮމް ގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. ނަމަވެސް، މިހާރު އޭނާގެ އެނބުރި އައުމުގެ ހާއްސަ ފިލްމުން ބޫމީއަށް މުހިންމު ރޯލެއް ލިބިގެން ދިއުމަކީ އުފާކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އިމްރާން ހާން ފިލްމީ ދާއިރާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެނބުރި އަންނާތީ، އޭނާގެ ސަޕޯޓަރުން އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ. މި ފިލްމަކީ އިމްރާންގެ ފިލްމީ ހަޔާތުގައި އާ ފެށުމަކަށް ވެގެންދާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;