ads
"މައި ކެރިއާ ޕޯޓަލް" އިފްތިތާހުކުރުން
ވަޒީފާގެ ބާޒާރަށް ހާއްސަ "މައި ކެރިއާ ޕޯޓަލް" އިފްތިތާހުކޮށްފި
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއާ ޕޯޓަލް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
Advertisement

"މައި ކެރިއާ ޕޯޓަލް" އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނެވެ. 

މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށް އެންސީއެސް އިން ވަނީ ބުނެފަ އެވެ.

ޕޯޓަލްގައި ކެރިއާ ގައިޑަންސް އާއި ކެރިއަރ ޕާތުވޭ ޑިޒައިނާ އާއި މައިލްސްޓޯން ޓްރެކާ ހިމެނެ އެވެ. 

މި ޕޯޓަލް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް އިއުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭނެ އެވެ. މި މަސައްކަތަކީ ނޭޝަނަލް ކެރިއާ ސާވިސް އިސްނެންގެވުމާއެކު، ކުރިއަށްގެންދެވުނުމަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;