ads
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އޭނާގެ ސަރުކާރުގެ އަސްކަރީ އިސް ވެރިން
ގާޒާ އިން ފޭބުމަށް ނަތަންޔާހޫ ދެކޮޅު!
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލުނުކޮށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްކޮށް ހަތިޔާރު ބެހެއްޓުމަށް ދާންދެން ގާޒާއިން ސިފައިން ނުބާލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
Advertisement

ޓްރަމްޕްގެ ޕްލޭނާ ދެކޮޅު ހަދައި ނަތަންޔާހޫ ބުނީ ހަމާސް އިން އިހުލާސްތެރިކަމާ އެކު ހަތިޔާރު ބެހެއްޓުމުން ނޫނީ ގާޒާއިން ނުފައިބާނެ ކަމަށާއި އިޒްރޭލުން މަސައްކަތް ކުރަނީ ހަމާސް މުުލުން ލުހެލަން ކަމަށެވެ. އެކަމާ އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފަނަރަ ނުކުތާގެ އެޑޮކިއުމެންޓާ އިޒްރޭލުން ދެކޮޅު ހަދަން. ހަމާސް އިން އިހުލާސްތެރިކަމާ އެކު ހަތިޔާރު ނުބަހައްޓަނީސް [ގާޒާއިން] ފޭބުމުގެ އެއްވެސް ކަމެއް ސިފައިން ނުކުރާނެ،" ނަތަންޔާހޫ ބުނ ކަމަށް އިޒްރޭލުގެ ނޫސްތަކާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

އޮކްޓޯބަރު މަހު ޓްރަމްޕް އިއުލާނު ކުރެއްވި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، އަނިޔާވެރި އަމަލުތައް މަދުވެފައި ނަމަވެސް، ހަމާސްއިން އަލުން ހަތިޔާރު އެއްކޮށް، ފައުޖުތަކަށް މީހުން ނަގަމުންދާކަން އިސްރާއީލުގެ އިންޓެލިޖެންސަށް އެނގިފައިވާ ކަމަށް އިޒްރާއީލްގެ ނޫސްތަކުން އަންނަނީ ބުނަމުން ނެވެ.

މި މައްސަލައިގައި މިހާރު ހުރިހާ ކަމެއް ބިނާވެފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ނިންމުމުގެ މައްޗަށެވެ. ޓްރަމްޕް ބޭނުންވެއްޖެ ނަމަ އިސްރާއީލު ގާޒާއިން ފޭބުމަށް މަޖުބޫރު ކުރެވިދާނެ ކަމަށާއި، ނަމަވެސް އެކަން ކުރުމަށް އިސްރާއީލަށް އާދަޔާ ހިލާފު ބޮޑު ފިއްތުންތަކެއް ކުރިމަތިކުރަން ޖެހޭނެ ކަމަށް އިސްރާއީލުގެ މަޝްހޫރު "ހާރެޓްޒް" ނޫހުގެ ކޮލަމިސްޓް އަދި ނޫސްވެރިޔާ ގިޑިއަން ލެވީ ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ފަހުން ވެސް އިސްރާއީލުން ދަނީ ގާޒާއަށް ހަމަލާތައް ދެމުންނެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގެ ތެރޭގައި 1250 މީހުން ވަނީ މަރުވެފަ އެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ގާޒާއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73300 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;