ދެ ރައީސުންވެސް ތިނަދޫއަށް ވަޑައިގަތުމަށް ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ ދެބޭފުޅުންވެސް ތިނަދޫއަށް ކުރައްވާ މި ޒިޔާރަތަކީ އެ ސިޓިގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެ ކެވެ.
ތިނަދޫ ސިޓީގެ މޭޔަރު ވިދާޅުވީ އެ ސިޓިގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުތަކުގައި ބައިވެރިވެޑައިގަތުމަށް އެދި ހުރިހާ ރައީސުންނަށް ދައުވަތު ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ދައުވަތު ގަބޫލުކުރެއއްވިކަން އެންގެވީ ރައީސް ޔާމީނާއި ރައީސް ނަޝީދުކަމަށެވެ.
ތިނަދޫގައި ފާހަގަ ކުރާ މި މި މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފުޅަނދުބުރަކާއި ތިނަދޫއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ޝަރަފުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުން ހިމެނެެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;