މިދިޔަ ޑިސެމްބަރު މަހު، 109 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޝިފާއު، އޭނާގެ މައްޗަށް އިއްވާފައިވާ 109 އަހަރުގެ ހުކުމް އިސްތިއުނާފު ކުރީ މި އަހަރުގެ މާރިޗު ހިސާބުގައެވެ. ހައިކޯޓުގައި ރަޖިސްޓްރީން ދައްކާ ގޮތުގައި އެ 23 މައްސަލަވެސް މިހާރު އޮތީ ރަޖިސްޓްރީކޮށްފައެވެ. އެ މައްސަލައިގައި ޝިފާއު ހައިކޯޓުގައި އެދުނީ ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ކަފާލާތުން އޭނާ ގެއަށް ބަދަލު ކޮށްދޭއެވެ.
އެކަމަކު، ހައިކޯޓުން މިއަދުވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.
ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް ސާބިތުވެފައިވެއެވެ. މި މައްސަލަތަކަށް ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;