ads
ތާބޫ
ތާބޫގެ ކޮންޓެންޓު އޭއައި އިން ތައްޔާރުކުރުން ދިއްލީ ހައިކޯޓުން މަނާކޮށްފި
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ތަބޫގެ ނަމާއި ފޮޓޯ އަދި އަޑު އޭއައި ބޭނުންކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، އޭނާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކުރުމަށް ދިއްލީ ހައިކޯޓުން އަމުރެއް ނެރެފިއެވެ.
Advertisement

ކޯޓުން ވަނީ ތަބޫގެ ފޮޓޯއާއި އަޑު ބޭނުންކޮށްގެން އުފައްދާފައިވާ ނުބައި ކޮންޓެންޓްތަކާއި ޑީޕްފޭކްސް ސޯޝަލް މީޑިއާއިން ނައްތާލުމަށް އަންގާފަ އެވެ.

މި އަމުރާއެކު ދިއްލީ ހައިކޯޓުން ވަނީ ގޫގުލް، މެޓާ، އެކްސް އަދި ރެޑިޓް ފަދަ ބޮޑެތި ޓެކް ކުންފުނިތަކަށް ތަބޫއާ ގުޅޭ 150 އަށްވުރެ ގިނަ އިންޓަނެޓް ލިންކުތައް ވަގުތުން ނަގައި ނައްތާލުމަށް އަމުރުކޮށްފަ އެވެ. ތަބޫ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ ނަން ބޭނުންކޮށްގެން ސައްހަނޫން އިވެންޓް ބުކިންތަކާއި، ފޭކް މާޗަންޑައިޒް އަދި އޭއައި އިން އުފައްދާފައިވާ ހުތުރު ފޮޓޯތައް ފަތުރަމުންދާ ކަމަށެވެ.

ނެޝަނަލް އެވޯޑު ހޯދާފައިވާ އެކްޓްރެސްގެ އަބުރާއި އިއްޒަތް ހިމާޔަތްކުރުމަށް ދިއްލީ ހައިކޯޓުން ނެރުނު މި އަމުރަކީ، އޭއައިގެ ސަބަބުން ސެލެބްރިޓީންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން ރައްކާތެރިވުމަށް ނެރުނު މުހިންމު އަމުރެކެވެ. މި އަމުރާއެކު ތަބޫގެ އަބުރަށް އުނިކަން އަންނަ ގޮތަށް އޭއައި ބޭނުންކުރުން ވަނީ މަނާވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;