ads
ފުލުހުންނާއި ސިފައިން ގެއްލި މަރުވާތީ ވެރިން ކޮމެޓީއަށް ހާޒިރުކުރަނީ
މިދިޔަ ހަތަރު މަސް ތެރޭގައި ސަލާމަތީ ބާރުތަކުން ހިންގި ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ފުލުހުންނާއި ސިފައިން މަރުވެ ބައެއް އޮފިސަރުން ގެއްލިފައިވާތީ ސަލާމަތީ ބާރުތަކުގެ ވެރިން ހާޒިރުކުރުމަށް އެދެފި އެވެ.
Advertisement

މިދިޔަ ހަތަރު މަސް ތެރޭގައި ސަލާމަތީ ބާރުތަކުން ހިންގި ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ދެ ފުލުހަކު މަރުވެ، ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފަ އެވެ. 

މަރުވި އޮފިސަރުން 

  • މުހައްމަދު މަހުދީ (އެމްއެންޑީއެފް)  / 26 މެއި އިޓަލީ ޑައިވަރުން ހޯދަން ފީނުމުގެ ތެރޭގައި
  • އަހްމަދު އާސިފް(ޕޮލިސް) / 11 ޖޫން ކަނޑުމަތީގައި ހިންގި ޑްރަގު އޮޕަރޭޝަނެެއްގައި ކަނޑަށް ވެއްޓިގެން 

ގެއްލުނު ސާޖެންޓުން 

އިބްރާހިމް އަހުމަދު (އެމްއެންޑީއެފް) / 6 އޮގަސްްޓް ފެތެމުންދިޔަ ދޯންނެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި

އަލީ ނާފިއު (ޕޮލިސް) / 6 އޮގަސްްޓް ފެތެމުންދިޔަ ދޯންނެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 

މި މައްސަލާގައި ސުވާލުކުރަން ސަލާމަތީ ބާރުތަކުގެ ވެރިންނާއި ހާޒިރުކޮށްދޭން އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ކުޑޫ ކުރަން ހުށައެޅި ސުވާލުތައް 

  • އޮފިސަރުން މަރުވެ ނުވަތަ ގެއްލުމާ ގުޅިގެން އެއްވެސް ތަހުގީގެއް ނުވަތަ އިންކުއަރީއެއް ރަސްމީ އިދާރާއަކުން ހިންގިތޯ؟ ހިންގާފައި ނުވާ ނަމަ އޭގެ ސަބަބާއި ހިންގާފައިވާ ނަމަ، އެއްވެސް ފަރާތެއްގެ އިހުމާލު ނުވަތަ މަސްއޫލިއްޔަތު އަދާނުކޮށް އޮތްކަން އެއިން އެނގެން އޮތްތޯ؟ އަދި އެ ފަދަ ކަމެއް ފާހަގަވި ނަމަ އިސްލާހު ކުރުމަށް ފިޔަވަޅު އެޅިތޯ؟

  • ކަނޑުމަތީގެ މި ފަދަ އޮޕަރޭޝަންތައް ހިންގުމުގައި 'އޮފިސާ ސޭފްޓީ' އާއި އެ ނޫން ވެސް ސަލާމަތީ މިންގަނޑުތައް ކަނޑައަޅާފައިވަނީ ކިހިނެއްތޯ؟، މި ފަދަ މިންގަނޑުތަކެއް ނުވަތަ އުސޫލުތަކެއް ލިޔެވި، އަމަލު ކުރެވެމުންދޭތޯ؟

  • ސޭފްޓީ މިންގަނޑުތަކަށް އަމަލުކޮށްފައި ވޭތޯ ބެލުމަށް އިދާރީ ގޮތުން ނުވަތަ އެހެން ގޮތަކުން ވެސް ބަލާފައި ވޭތޯ؟

  • ސިފައިންނާއި ފުލުހުން ހިންގާ މެރިޓައިމް އޮޕަރޭޝަން ސެންޓަރުތަކުގައި ޒަމާނާ އެކަށީގެންވާ ވަސީލަތްތަކާއި އާލާތްތައް އެކަށީގެންވާ މިންވަރަށް ހުރިތޯ؟ އަދި އެ ތަންތަނުގައި މަސައްކަތް ކުރަނީ މެރިޓައިމް އޮޕަރޭޝަން ހިންގުމަށް ހާއްސަކޮށްފައިވާ ޓްރެނިންތައް ފުރިހަމަކޮށްފައިވާ ފަރާތްތަކެއްތޯ؟

  • ވ. އަތޮޅުގައި ހިންގި ކޭވް ޑައިވްގެ އޮޕަރޭޝަނާއި ޑްރަގްގެ އޮޕަރޭޝަންގައި  ހާދިސާގައި ހިނގިގޮތް ތަހުގީގުކޮށް، އިސްލާހުކުރުމަށް އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ؟

  • ހުވަދު އަތޮޅުގައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި، ނުރައްކާތެރި އޮޕަރޭޝަންތަކަށް ނުކުންނައިރު ރިސްކު އެސެސްމެންޓް ހެދުމުގައި އަމަލު ކުރާ އުސޫލުތަކަކީ ކޮބައިތޯ؟

  • އޮޕަރޭޝަންތަކުގައި ހިނގާ މި ފަދަ ހާދިސާތައް މަދުކުރުމަށް މިހާރު ހުރި ސަލާމަތީ ސިޔާސަތުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ ކޮބައިތޯ؟

  • އޮފިސަރުން މަރުވީ އަދި ގެއްލުނީ، ރަސްމީ ވާޖިބު އަދާކުރުމުގައި ކަމަށް ކަނޑައަޅާފައިވާތޯ އަދި ގާނޫނުގައި ބަޔާންކުރާ އިނާޔަތްތަކާއި މާލީ ބަދަލު ވާރިސުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވޭތޯ؟

ސަޕްލައި ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލުނު ތިން މީހުންގެ ހަބަރެއް މިހާތަނަށްވެސް ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތުގައި ބޭރުގެ އެހީ ހޯދަން މަޝްވަރާކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;