އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފް އެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމް އެވެ.
މިރަސްމިއްޔާތުގައި ސޮއި ކުރި ދެ އެއްބަސްވުމުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ދިރާސާގެ މަސައްކަތާ ގުޅޭ އެއްބަސްވުމެކެވެ.
ފުރަތަމަ އެއްބަސްވުމުގެ ދަށުން ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރުގެ މައްޗަށް ދިރާސާއެއް ހަދާނެ އެވެ.
ދެވަނަ އަށް ސޮއިކުރީ، އައިޔޫއެމްއިން ކުރިއަށް ގެންދާ "އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ"ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަގުފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;