ads
ދުވާލަކު 10,000 ފިޔަވަޅު އެޅުމުން ސިއްހީ ބޮޑެތި ފައިދާތަކެއް
ދުވާލަކު 10,000 ފިޔަވަޅު އެޅުމުން ސިއްހީ ބޮޑެތި ފައިދާތަކެއް
ދުވާލެއްގެ މައްޗަށް 10,000 ފިޔަވަޅު އެޅުމަކީ އިންސާނާގެ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާކަމެއްކަން ސައިންސްގެ އެކި ދިރާސާތަކުން ހާމަވެއްޖެ އެވެ.
Advertisement

އިނގިރޭސިވިލާތުގެ ކުރީގެ ޑޮކްޓަރެއް ކަމަށްވާ އަލީ އަބްދާލް ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ދުވާލަކު ހިނގާ ފިޔަވަޅުގެ އަދަދު އިތުރުކުރުމަކީ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.

ކުރެވިފައިވާ ބޮޑެތި ދިރާސާތަކުގެ ތެރޭގައި 15 ދިރާސާއެއްގެ މައުލޫމާތު އެއްކޮށްގެން ހެދި މެޓާ-އެނަލިސިސް ދިރާސާއަކުން ދައްކާގޮތުގައި، ދުވާލަކު ގިނައިން ހިނގާ މީހުންގެ އަވަސް މަރުގެ ފުރުސަތު ކުޑަވެގެންދެއެވެ. މީގެ އިތުރުން، ދުވާލަކު އަޅާ ފިޔަވަޅުގެ އަދަދު ކޮންމެ 500 ފިޔަވަޅަކުން އިތުރުކުރާ މިންވަރަކަށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 6 ޕަސަންޓު ކުޑަވެގެންދާކަން ދިރާސާއިން ދައްކައެވެ.

ސިއްހީ ގޮތުން ލިބޭ ފައިދާތަކުގެ އިތުރުން، ނަފްސާނީ ސިއްހަތަށްވެސް ގަވާއިދުން ހިނގުމުން ބޮޑެތި ފައިދާތަކެއް ކުރެއެވެ. ބަރުދަން އިތުރު މީހުން ހިމަނައިގެން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި، ދުވާލަކު 10,000 ފިޔަވަޅު އަޅާ މީހުންގެ ކަންބޮޑުވުމާއި، ދެރަވުމާއި، ރުޅިއައުމާއި، ވަރުބަލިކަން އަދި ނަފްސާނީ ނުބައި އިހުސާސްތައް ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.

އިށީނދެގެން ތިބެ ކުރަންޖެހޭ މަސައްކަތްތައް ގިނަވުމުގެ ސަބަބުން ހަރަކާތްތެރިކަން ކުޑަވުމަކީ ސިއްހަތަށް ހުރި ނުރައްކަލެކެވެ. މޭޒުދޮށުގައި މަސައްކަތްކުރާ މީހުންނަށް ދުވާލަކު 10,000 ފިޔަވަޅު ހަމަކުރުމަށްޓަކައި ހިނގާފައި ދެވޭނެ ތަންތަނަށް ހިނގާފައި ދިއުމާއި، ފޯނު ކޯލުތަކުގައި ހުންނައިރު ހިނގުން ފަދަ އާ އާދަތައް އަހުލުވެރިކުރެވިދާނެއެވެ.

ދުވާލަކު އަޅާ ފިޔަވަޅު ގުނުމަށްޓަކައި ސްމާޓްފޯނު ނުވަތަ ގަޑި ބޭނުންކުރެވިދާނެއެވެ. އަދި ދުވާލެއްގެ މައްޗަށް ހިނގާ މިންވަރު އިތުރުކުރުމަކީ ދިގު މުއްދަތަކަށް ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ އެންމެ ފައިދާހުރި އެއް ކަންތައް ކަމުގައި ސިއްހީ މާހިރުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;