ހޯމަ ދުވަހު، މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން، އުމުރަށް ޖަލަށްލާން ހުކުމް ކުރީ އެ ރަށު ފިރިހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައަކީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދައުވާ ލިބުނު މީހާ، މާއުނގޫދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތެއްގެ އަލީގައި އެ ގެ ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ފެނުނު މައްސަލައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެ ބަލައި ފާސްކުރި ކުރުމުން އެގޭގެ ދެ ތަނަކުން މަސްތުވާތަކެތި ފެނުނު ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި މެޖިސްޓްރޭޓް ބަޔާން ކުރައްވާފައި އޮތެވެ.
މި މައްސަލައިގައި، އެ މީހާގެ މައްޗަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު، 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މި ފައިސާ، 12 މަސް ދުވަހުގެ ތެރޭގައި ދައްކަންވަނީ ހުކުމްކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;