ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިދިޔަ 7 މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާއި ގުޅުން ހުރި 1140 އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. އެންމެ ގިނަ އޮޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ވެރިރަށް މާލޭގައިކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން މާލޭގައި ހިންގި އޮޕަރޭޝަންގެ އަދަދު 530 ވުރެ މައްޗަށް އަރާކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ސަދާން ކޮމާޑުން 28ަ އޮޕަރޭޝަން ކުރިޔަށް ގެންދިޔައިރުި ނޮދާން ކޮމާންޑޫން 329 އޮޕަރޭޝަން ކުރިޔަށް ގެންދިޔަކަމަށް ފުލުހުން ބުނެއެވެ.
ޑްރަގާއިއެކު ދުވާލަކު 8 މީހުން އެވެރެޖްކޮށް ހައްޔަރުކުރި
ފުލުހުން ބުނީ މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި މަސްުވާތަެތޫގެ މައްސަލާގައި 1875 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން ވެރިރަށް މާލެއިން 760 މީހުން ހައްޔަރުކުރިއިރު ފުލުހުންގެ ދެކުނުގެ ކޮމާޑޫން 530 މީހުން އަދި ނޮދާން ކޮމާންޑުން 570 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. މި ހިސާބުތަކަށް ބަލާއިރު މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ދުވާލަކު އެވެރެޖްކޮށް 8 މީހަކު މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އަތުލި ތަކެތީގެ އަގު 121 މިލިއަނަށް ވުރެ މައްޗަށް އަރާ
ފުލުހުން ބުނީ މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 144 ކިލޯ ޑްރަގު އަތުލައިގެންފައިވާކަމަށެވެ. އެގޮތުން ވެރިރަށް މާލެއިން 137.8 ކިލޯ ދްރަގު އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ސަދާން ކޮމާންޑުން ތިން ކިލޯ އަދި ނޮދާން ކޮމާންޑުން 3.4 ކިލޯ އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަނގުރާވެސް އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން މިހާތަނަށް އަތުލައިގަނެވުނު ޑްރަގާއި ބަނގުރަލުގެ މަގުމަތީ އަގު 121 މިލިއަނަށް ވުރެ މައްޗަށް އަރާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;