ހެޔޮކަންކަމަށް ހޭދަކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް ވާރު ޕޭ މެދުވެރިކޮށް ފައިސާ ދައްކަން އިސްލާމިކް މިނިސްޓްރީން ވަނީ 205 ވަނަ އަހަރުގެ ފެބްރުއަރީމަހު 17 ގައި ފުރުސަތު ހުޅުވާލާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކޮށް، ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓް ތެރެއިން ވަޤުފުކުރުމާއި ސަދަގާތްކުރުމަށް ގާއިމުކުރެނު ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ ހަރަދުކުރަނީ ވަޤުފު ފަންޑު ގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަގުފު ފަންޑު އުސޫލުގައިވާ ގޮތުގެ މަތިންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިސްކިތް އަޅަން ކޮންމެ ދިވެއްސެއްގެ އަތުން 1000 ރުފިޔާ ނަގަން ކެމްޕެެއިނެއް ފަށަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޖަމިއްޔާ ޖަމާއްތަކަށް މީގެކުރިން ގޮވާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;