ads
ހޯމް މިނިސްޓަރރު އަލީ އިހްސާން
މިހާތަނަށް ޑްރަގު ވިއްކާ 11 އައްޑާ ބަންދުކޮށްފިން، ވަންނަ މީހުންނަށް ފިޔަވަޅު އަޅަން
ޑަރގު މައްސަލަ ހައްކުކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް ޑްރަގު ވިއްކާ 11 އައްޑާ ބަންދުކޮށް އެތަނަށް ވަންނަ މީހުންނަށް ފިޔަވަޅު އަޅަމުން އަންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައްޔިތުން މަޖލީހުގައި މެންބަރަކު ކުރެއްވުި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓާރު އިހްސާން ވިދާޅުވީ ޑްރަގުގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ޑަރގުގެ ހިދުމަތް ދޭ ކެފޭތައް ބަންދުކުރުން ކަމަށެވެ. އެގޮތުން ޑްރަގު ވިއްކާ އެ ބޭނުންކުރުމުގެ ހިދުމަތް ދެމުން އައި 11 ތަނެއް މިހާތަނަށް ބަންދުކޮށްފައިވާކަމަށް އިހްސާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 6 ތަނަކާއި އަތޮޅުތެރެެއިން 5 ތަނެއް ކަމަށް އިހްސާން ވިދާޅުވި އެވެ. 

ޑްރަގު ވިއްކާތީ މާލެއިން ބަންދުކުރި ގެތައް 

  •  ހ. ގުންޒަރު 
  • މ. ތަރިވިލާގެ 
  • މ. އަމީރާ މަންޒިލް (ޑްރަގު ވިއްކާ ބައި)
  • މއ. ސެވަން އެންޑް ހައުސް
  • ހ. ކަނޑުފިނިގެ
  • މ. ލޭންޑް އޮގް ގާޑަން

މިނިސްޓަރު އިހްސާން ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1.3 ޓަނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މީ މިދިޔަ ސަރުކާރުގެ ވެރިކަމާއި އަޅާ ކިޔާއިރު 30 އިންސައްތަ އިތުރު އަދަދެއްކެމަށް އިހްސާން ވިދާޅުވި އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހިފެހެއްޓުނީ އެއް ޓަނުގެ މަސްތުވާތަކެތިކަމަށްވެސް އިހްސާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;