ads
ހައުސިން މިނިސްޓްރީގައި ރޯވެ އަނދަނީ
3 މިނިސްޓްރީގައި ބަޔަކު ރޯކޮށްލީކީ ނޫން، ވަޔަރުތަކުގައި ރޯވީ: އިހްސާން
ހައުސިން މިނިސްޓްރީގައި 2024 ވަނަ އަހަރު ރޯވީ ބަޔަކު ރޯކޮށްލައިގެން ނޫންކަމަށާއި އެތަނުގައި ރޯވީ އޭސީގެ ވަޔަރަތަކުގައި ރޯވެގެންކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތްވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އަދި އެ ހާދިސާގައި ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީވެސް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.  

ރައްޔިތުން މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ 3 މިނިސްޓްރީގައި ރޯވި ހާދިސާގެ ތަހުގީގު މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ތަހުގީގުން ބެލި ބެލުމުން އެތަނުގައި ގަސްތުގައި ބަޔަކު ރޯކޮށްލީ ނޫންކަމަށް އެނގޭކަމަށް އިހްސާން ވިދާޅުވި އެވެ. މިނިސްޓްރު އިހްސާން ވިދާޅުވީ އަލިފާން ރޯވީ އޭސީގެ ވަޔަރުތަކުގައިކަމަށެވެ. 

" މީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައި އޮތް ހާދިސާއެއްގެ ގޮތުގައި ނޫން ތަހުގީގުން އަޅުގަނޑުމެނަށް ފެންނަނީ. ކަރަންޓްގައި ރޯވެފައި. އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެތަނަށް އެޓެންޑުވެގެން ފުލުހުންގެ ބޮޑީ ކެމްގެ ވީޑިއޯތަކުން އަޅުގަނޑުމެންނަށް އެބަ ސާބިތުވޭ އެންމެ ފުރަތަމަ އަލިފާންގަނޑު ރޯވެފައިވަނީ ސީލިންތެެރޭގައި އެއާކޮންޑިޝަންތަކުގެ ތެރޭގައި ހުރި ވަޔަރަތަކެއްހެ ތެރޭގައި." އިހްސާން ވިދާޅުވި އެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ. އަދި ސިޓީ ކައުންސިލުގެ މަސައްކަތްތައް ވަނީ އެ ކައުންސިލަށް ބަދަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;