މިއީ މިސް ވޯލްޑް މުބާރާތުގައި ރާއްޖޭގެ ރަސްމީ ބައިވެރިއަކު ވާދަކުރާ ތާރީހީ ފުރަތަމަ ފަހަރެވެ.
ވިއެޓްނާމްގައި ބޭއްވުމަށް ހަމަޖެހިފައިވާ 75 ވަނަ މިސް ވޯލްޑް ފެސްޓިވަލް ކުރިއަށްދާނީ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި އީމާ ވާދަކުރަނީ މި އޮގަސްޓު މަހުގެ ތިންވަނަ ދުވަހު މިސް ވޯލްޑް ރާއްޖެ 2026 ގެ ތާޖު ހާސިލުކުރުމަށްފަހުގަ އެވެ.
އުމުރުން 23 އަހަރުގެ އީމާއަކީ މޮޑެލްކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. ދުނިޔޭގެ ފެންވަރުގެ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އީމާއަށް ލިބުމަކީ ރާއްޖޭގެ ނަން ދުނިޔޭގައި ފާހަގަވެގެންދާނެ ކަމެކެވެ.
މީގެ ކުރިން 2000 ވަނަ އަހަރު ބޭއްވި 50 ވަނަ މިސް ވޯލްޑް މުބާރާތް ރާއްޖެއިން ކޯ-ހޯސްޓުކުރި ނަމަވެސް، އެ މުބާރާތުގައި ރާއްޖޭގެ ބައިވެރިއަކު ވާދަކޮށްފައެއް ނުވެ އެވެ. އީމާގެ މި ދަތުރާއެކު ރާއްޖެއަށް ވަނީ މި ދާއިރާއިން އާ ބާބެއް ފެށިގެން ގޮސް ފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;