ads
މިއުޒިކް ގްރޫޕް ކެޓްސްއައިގެ މެންބަރު ސޯފިއާ ލަފޯޓޭޒާ
ސިއްހީ ސަބަބުތަކަށްޓަކައި ކެޓްސްއައިގެ ސޯފިއާ ބްރޭކެއް ނަގަން ނިންމައިފި
މިއުޒިކް ގްރޫޕް ކެޓްސްއައިގެ މެންބަރު ސޯފިއާ ލަފޯޓޭޒާ ސިއްހީ ސަބަބުތަކަކަށްޓަކައި މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމައިފިއެވެ.
Advertisement

 އޭނާ މަސައްކަތާ ދުރަށް ޖެހިލަން ނިންމީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

ސޯފިއާ ބްރޭކެއް ނަގަން މި ނިންމީ އެ ގްރޫޕުގެ އެހެން މެންބަރެއް ކަމަށްވާ މެނޯންވެސް މަސައްކަތުން ބްރޭކެއް ނެގިތާ މަސްތަކެއް ވެފައިވަނިކޮށެވެ. ގްރޫޕުގެ އެހެން މެންބަރުންނާއެކު ޝޯތަކުގައި ބައިވެރިވާން ސޯފިއާ ބޭނުންވި ނަމަވެސް، އޭނާގެ ސިއްހަތަށް އިސްކަންދިނުމުގެ ގޮތުން މަސައްކަތްތައް މަޑުޖައްސާލަން ވަނީ ނިންމާފައެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ އާޓިސްޓުންގެ ސިއްހަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ސޯފިއާގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާނެ ކަމަށާއި، އެދެނީ ސަޕޯޓަރުންގެ އެއްބާރުލުން ކަމަށް ބުންޏެވެ. މީގެއިތުރުން ސޯފިއާ އަލުން އެނބުރި ގްރޫޕާ ގުޅޭނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;