ސަންގީތާ މި މައްސަލަ އަނބުރާ ގެންދިއުމާ ގުޅިގެން ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައެވެ.
މި މައްސަލަ އަނބުރާ ގެންދިއުމަށް ސަންގީތާ ކޯޓުގެ އަޑުއެހުމުގައި ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި މައްސަލަ އަނބުރާ ގެންދާ ސަބަބުތައް އޭނާ ވަނީ ކޯޓަށް ސާފުކޮށްދީފައެވެ. ސަންގީތާ ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކުރުމަށްފަހު ކޯޓުން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައިފައެވެ.
ވިޖޭ އާއި ސަންގީތާގެ ގުޅުމަށް ގާތްގަނޑަކަށް 25 އަހަރު ވެފައިވާއިރު، އެ ދެ މީހުން ކައިވެނިކުރީ 25 އޯގަސްޓް 1999 ގައެވެ. އިންޑިއާގެ ޗެންނާއީގައި ބޭއްވި ހިންދޫ ސަގާފީ ހަފުލާއެއްގައި ކުރެވުނު މި ކައިވެންޏަކީ ތަފާތު ދެ ދީނެއްގެ ދެމެދުގައި ކުރެވުނު ކައިވެންޏެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;