ads
ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު
ކައުންސިލްތަކުން ބިންތައް އަތުލާ ބިލް ނިމެންދެން ދައުރު ދަންމާލަނީ
ސަރުކާރުން ބޭނުންވާ ބިންތައް ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށައެޅި އިސްލާހުގެ ބިލް ނިމެންދެން މަޖިލީހުގެ މި ދައުރު ދަންމާލަން ހުށައަޅައިފި އެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މހާރު ހިގަމުންދާ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވަން ޖެހޭނީ މާދަމާއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله މިއަދު ބައެް މަސައްކަތްތައް ހުރުމުން މަޖލީހުގެ ދައުރު ދަންމާލަން ހުށައަޅުއްވާފައެވެ. އެ ހުށަހެޅުއްވި ގޮތަށް ފާސްކޮށްފިނަމަ، މި މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދިގުވާނެއެވެ.

ސަރުކާރުން ބޭނުންވާ ބިންތައް ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. މި އިސްލާހު މަޖިލިހަށް ބަލައިގަނެ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އަދި ކޮމެޓީން ފަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން ވަނީ ކަނޑައަޅާފައެވެ. 

މި އިސްލާހުގައި ވަނީ ލާމަރުކަޒީ ގާނޫނު ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހަށް ނިންމިދާނެ ކަމަށެވެ.

މި ފަދައިން މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުން މަޖިލިހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައިމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަނަކަށް ވެގެންދާނެ ކަމަށް މި ބިލުގައި ވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;