ޑައިރެކްޓަރު ޕްރިޔަދަރުޝަން އުފައްދާ މި ފިލްމުގެ 45 ސިކުންތުގެ ޓީޒާ ސޯޝަލް މީޑިއާގައި އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
މި ފިލްމުގެ ޓީޒާއިން ސައިފް އަލީ ހާން ފެންނަނީ ލޯފަން މީހެއްގެ ރޯލުންނެވެ. އަދި އަކްޝޭ ކުމާރު ފެންނާނީ ވަރަށް ނުބައިބައި ކެރެކްޓާއެއްގެ ގޮތުގަ އެވެ. މިއީ އަކްޝޭ އާންމުކޮށް ކުޅޭ ރޯލުތަކާ ހިލާފަށް، އޭނާގެ އެންމެ ނުބައިބައި އެއް ރޯލު ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. އޭނާ ބުންޏެވެ. މިފަދަ ރޯލެއް ކުޅެން ބޭނުންވީ އަމިއްލަ ނަފްސަށް ގޮންޖެހުމެއް ކުރިމަތިކުރުވުމުގެ ގޮތުންނެވެ.
"ހައިވާން" ގެ ކާސްޓުގައި ބޯމަން އިރާނީ، ސަޔާމީ ހޭރު އަދި ޝްރިޔާ ޕިލްގާއުކަރު ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;