ޖޭއެސްސީ ވަނީ ރާގިބުގެ އިތުރުން އިތުރު ދެ ބޭފުޅަކު ސިވިލް ކޯޓްގެ ގާޒީކަމަށް އައްޔަންކުރުމަށް ނިންމާ މިރޭ ހުވާކުރުން ބާއްވަން ވެސް ނިންމާފަ އެވެ. އެހެންނަމަވެސް ރޭ ޖޭއެސްސީން ބޭއްވި ބައްދަލުވުމެއް ބާއްވާ ސިވިލް ކޯޓުގެ ގާޒީކަމަށް ރާގިބު އައްޔަން ކުރަން ނިންމި ނިންމު ބަދަލުކޮށް އޭނާ އެކޯޓުގެ ގާޒީކަމަށް އައްޔަންނުކުރަން ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުގައި އިތުރު ބައްދަލުވުމެއް ބޭއްވުމަށް ފަހު، ރާގިބު އައްޔަން ނުކުރުމަށް ނިންމީ އޭނާގެ މައްޗަށް ކޮމިޝަނަށް ހުށައެޅިފައިވާ ތުހުމަތުތައް އަލުން ބެލުމަށް ފަހު އެވެ. ގާޒީކަމަށް އައްޔަން ކުރަން ނިންމި އިރު އެ ތުހުމަތުތަކުގެ ހެކިތައް ކޮމިޝަނަށް ފެނިފައި ނުވާކަމަށް ވެއެވެ.
ރާގިން ސިލްކޯޓުގެ ގާޒީކަމަށް އައްޔަން ކުރަން ނިންމި އިރު އޭނާއަކީ މީގެ ހަތް އަހަރު ކުރިން، ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް ކުރެވުނު ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކިކުރި ގާޒީ އެކެވެ.
މި ސަރުކާރުގައި ރާގިބު ފުރަތަމަ ހުންނެވީ އެންވަޔަރަމެންޓް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ވަކިކުރީ ދައުލަތާއި ދެކޮލަށް ދައުވާކުރުމުންނެވެ. އޭނާ ދައުލަތާއި ދެކޮލަށް ދައުވާކުރީ ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ އެ ކަން ބާތިލުކުރުމަށް އެދި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;