ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބައިވެރިކޮށްގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" ތައާރަފުކޮށްފައި ވެއެވެ.
އަދި އަތޮޅު އަދި ސިޓީ މަންސަތަކުގެ ބައިވެރިންނަށް މިންތީގެ މަފްހޫމްތަކާއި، ގާނޫނުތަކާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހާލަތާ ގުޅުންހުރި ބައެއް ކަންކަމަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މި މަންސައިގެ މައިގަނޑު މަގުސަދަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑު، އަތޮޅު، ސަރަހައްދީ އަދި ގައުމީ ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކާ ގުޅުވައިދޭ، ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމެވެ. މީގެ ބޭނުމަކީ ރާއްޖޭގައި ނިންމާ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ހެދުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;