ރައީސް ސޯލިހް ރިޔާސީ ޕްރައިމެރީގައި ވާދަކުރަން ނިންމެވީ އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާ އެކު މަޝްވަރާކުރުމަށްފަހު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެހެންނަމަވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ސޯލިހް އަދި ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.
ރައީސް ސޯލިހްގެ އެވާހަކަތައް ސުރޫހީތަކަށް އެރިތާ މާގިނައިރު ތަކެއް ނުވަނީސް ރައީސް ނަޝީދު ވަނީ އެކްސްގައި ބޮޑު ލަވައެއްގެ ޅެމެއް ދޫކޮށްލައްވާފަ އެވެ.
އެޅަމަކީ އަލްމަރުހޫމު ހުސައިން ސަލާހުއްދީން ހައްދަވާފައިވާ ނަނާ ހުވަފެން ދުށީމޭ މިޅެމެވެ. ނައިފަރު ދޮހޮއްކޮ ކިޔުއްވާފައިވާ މި ލަވައިގެ ޅެމުގައި ކިޔާދެނީ މުޅިންވެސް މީހަކަށް ނުވާނެކަމެއް ކުރަން އޭނާ ދެކޭ ހުވަފެން ތަކެއްގެ ވާހަކަ އެވެ.
ނަޝީދުގެ ޕޯސްޓުގައި ވިދާޅުވީ ނަނާ ހުވަފެން ދުށީމޭ އަކީ ދިވެހި ޅެންވެރިކަމުގެ ތެރޭގައި ވަރަށް އަގުބޮޑު ޖަވާހިރެއްކަމަށެވެ. އަދި އެއީ ދިވެހިޅެންތަކުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ޅެމެއް ކަމަށެވެ.
އެންމެފަހުން ފެބްރުއަރީ 2023ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވީ އޭރު ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. އެ ޕްރައިމަރީގައި ސޯލިހް ނަޝީދުގެ މައްޗަށް ބޮޑޔ ތަފާތަކުން ކުރި ހޯއްދެވި އެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ސޯލިހްގެ މައްޗަށް ކުރި ހޯދީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;