މި ޝޯގައި ބާދްޝާ ބައިވެރިވެފައިވަނީ ހާއްސަ މެހުމާނެއްގެ ގޮތުގަ އެވެ. ޝޯގެ ތެރެއިން ސަމާއި ވަނީ ބާދްޝާއާއި ހަނީ ސިންގްގެ މެދުގައި ކުރިން ހިނގާދިޔަ ހިޔާލުތަފާތުވުންތަކަށް އިޝާރާތްކޮށް ސަަކަމިޒާޖެއްގައި މަލާމާތްކޮށްފަ އެވެ.
މި މަލާމަތް އަމާޒުކޮށްފައިވަނީ ހަނީ ސިންގްގެ މަޝްހޫރު ލަވަ 'ބުރައުން ރަންގު' އާއި ގުޅޭގޮތުން އުފެދުނު މައްސަލައަށެވެ. އެގޮތުން، އެ ލަވަ ލިޔެދިނީ ބާދްޝާ ކަމަށް ބުނާ ވާހަކަތަކަށް އިޝާރާތްކޮށް ސަމާއި ވަނީ ބާދްޝާއަކީ ހަނީ ސިންގްގެ ސަޕޯޓަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ސަމާއިގެ މި މަޖާ ވާހަކަތަކުގެ ސަބަބުން ޝޯ ބަލަން ތިބި އޯޑިއަންސްގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ.
ސަމާއި ކުރި މަލާމާތް ބާދްޝާ ވަނީ ވަރަށް އުފަލާއެކު ބަލައިގަންނަކަމަށް ބުނެ އެވެ.
ބާދްޝާއާއި ހަނީ ސިންގްގެ މެދުގައި ކުރިން ބޮޑެތި މައްސަލަތަކެއް ޖެހުނު ނަމަވެސް، މިހާރު ދެ މީހުންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް ކުޑަވެފައިވާކަން މި ޝޯއިން ވަނީ ހާމަވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;