ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ 93 ދާއިރާގެ ތެރެއިން 8 ދާއިރާގެ މީހުން ނަން ނޯޓުކުރަން ހުޅުވާލައިފަ އެވެ. އެއީ ހއ. އިހަވަންދޫ ދާއިރާ، ޅ. ނައިފަރު ދާއިރާ، ލ. ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، އދ. މާމިގިލި ދާއިރާ އަދި ގދ. ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ މީހުންނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވުމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ރައީސާ ބައްދަލުކޮށް، އާއްމުންގެ ހިޔާލާއި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރަން ފަށާފައިވާ ސިލްސިލާ ބައްދަލުވުމުގެ ލައިވް މިރޭ ދައްކަން ވަނީ ފަށައިފަ އެވެ. އެ ބައްދަލުވުގައި ކޮންމެ މީހަކަށް ވެސް 10 މިނެޓު ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;