ވަކިވަކި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެށްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ފާއިޒް ނަމަކަށް ކިޔާ މީހަކު ބުނީ، ފުރޮޅުލީ ގޮނޑި ހުރީ ހަޑިކޮށް ކަމާއި މިސްކިތްތަކުގެ ތަޅުންގަނޑު ހަޑިވާނެ ކަމަށް ބުނެ، ފުރޮޅުލީ ގޮނޑީގައި ބައެއް މިސްކިތްތަކަށް ޖަމާއަތަށް ނުވައްދާ ކަމަށެވެ.
އެ މަންޒަރު ފެންނަ ވީޑިއޯވެސް ފާއިޒު ވަނީ ރައީސަށް ދައްކަވާފަ އެވެ. ހުޅުމާލޭގެ މިސްކިތްތަކުން ވެސް އެފަދަ ތަޖުރިބާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު އޭނާ މުޅިން ނަމާދުކުރަނީ ގޭގައި ކަމަށް ފާއިޒު ބުންޏެވެ.
ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަން ހައްލު ކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ގޮނޑީގައި އުނދަގޫ އެހެން ކަންތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ބަހަށް އަރަން ކުރަން އޮންނަ އުނދަގޫ ކަމާއި އެންސްޕާގެ އެހީގައި ދޫކުރާ ގޮނޑީގެ ފެންވަރު އެހާ ރަނގަޅުނުވުން ވެސް އެއީ ދައްޗެއްގެ ގޮތުގައި ފާއިޒް ފާހަގަކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;