ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ގައުމަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަތަކަށް ހުރަސްއަޅާ ބަޔަކަށްވަމާތޯ: ރައީސް
މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
Advertisement

އެމަނިކުފާނު މިހެން ގޮވާލެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ. 

ރައީސް މުުއިއްޒު ވިދާޅުވީ ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ދިވެހިންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އަދި އެއީ ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިއުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަތަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީމަަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ އެކަން ހިނގީ ދިވެހި ގައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބަޔެއްގެ ހިޔާނާތް އެކަމުގެ ސަބަބުންކަން އެއީ ފެންނަ އޮތް ހަގީގަތްކަމަށް ރައީސް މުއިއްޒު ވިދަޅުވިއެވެ. އެހެންކަމުން އެކަން އިއާދަ ވިޔަ ނުދިނުމަށް ގަދަ އަޅާ މަސަކަތްކުރުމަށާއި ގައުމު ނުރައްކާތަކަށް ވެއްޓޭ ފިތުނަ ތަކުން ސަލާމަތްވުމަށް އެކަންކަމަށް ހުރަސް އަޅާ ބަޔަކަށް ވުމަށް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.

" މިއަދު އަޅުގަނޑުމެން ގަދައަޅަައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިއާދަވިޔަ ނުދިނުމަށް. މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟ " ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

މި ފަހްރުވެރި ޤަައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް މުއިއްޒު ވަނީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވާލައްވާފަ އެވެ. 

ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ދިވެހިރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;