ads
ރަސްމާލެ ހިއްކަން ފެށުމުގެ ތެރެއިން
އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއުތައް ނިންމޭނެ އަހަރަށް ވާނެ: ރައީސް
އަންނަ އަހަރަކީ ސަރުކާރުން ހިންގާ އެންމެ ގިނަ މަޝްރޫއުތައް ނިންމޭނެ އަހަރަށް ވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގެ ސިލްސިލާ ޕޮޑްކާސްޓް 'ދަ ޕަލްސް'ގެ މި ހަފްތާގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއުތައް ނިންމައިލެވޭނެ އަހަރު ކަމަށެވެ. 

އެގޮތުން މިހާރު ވެސް އެކި ރަށްރަށުގައި، އެކި ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެންނަމަވެސް ބައެއް ސަބަބުތަކާއި ހުރެ ބައެއް މަޝްރޫއުތައް މަޑު ޖެހިފައި ހުރި ކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ގޮތުން ދިމާވި ގޮންޖެހުންތައް ކަމަށެވެ. 

އެހެންނަމަވެސް އެކަންކަމުން އަރައިގަނެ ކުރިއަށް ހުރި ދުވަސްތަކުގައި ވަރަށް ގިނަ ރަށްރަށުގައި މަޝްރޫއުތައް ހިނގަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތުގެ ޝެޑިއުލެެއް ކޮންމެ ދާއިރާއަކުން ވަކިވަކިން ހަދައިގެން ކުރިޔަށް ގެންދަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

your image"ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަ ދައްކަވަނީ

ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ސަރުކާރުން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއަކީ މާލޭ ވިޔަފާތި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދިނއެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާ ވިޔަފާރި ބަނަދަރު ބަދަލުކުރާނެކަމުގެ ޔަގީންކަން މިއަދުވެސް ރައީސް ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;