ads
ހުޝީ ކަޕޫރު
ހުޝީ ކަޕޫރު ލައިގެން ހަދާފައިވާ ހުތުރު ކޮންޓެންޓްތައް ނައްތާލަން ކޯޓު އަމުރެއް
ބޮލީވުޑް އެކްޓްރެސް ހުޝީ ކަޕޫރުގެ ސޫރައާއި އަޑު ބޭނުންކޮށްގެން ހަދާފައިވާ ހުތުރު އަދި ފޭކް ކޮންޓެންޓްތައް ސޯޝަލް މީޑިއާއާއި އިންޓަނެޓުން ނެގުމަށް އިންޑިއާގެ ދިއްލީ ހައި ކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ކޯޓުން މި އަމުރު ނެރުނީ ހުޝީ ކަޕޫރުގެ އަމިއްލަ ހައްގުތަކާއި ސޫރަ ހިމާޔަތްކުރުމުގެ ގޮތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ކޯޓުން ބުނީ، ހުޝީ ކަޕޫރުގެ ހުއްދައެއް ނެތި އޭއައި ނުވަތަ ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭނާގެ ފޮޓޯއާއި ވީޑިއޯތައް ބަދަލުކޮށް، ހުތުރު ގޮތްގޮތަށް އާންމުކުރުމަކީ އޭނާގެ އަބުރާއި އިއްޒަތަށް ލިބޭ ބޮޑު އުނިކަމެއް ކަމަށެވެ. އަދި އޭނާގެ ނަމާއި ސޫރަ ބޭނުންކޮށްގެން ވިޔަފާރި އުފެއްދުންތައް އިޝްތިހާރުކުރުމާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސައްހަ ނޫން މައުލޫމާތު ފެތުރުން ވަނީ ވަގުތުން މަނާކޮށްފަ އެވެ.

ދިއްލީ ހައި ކޯޓުގެ މި އަމުރާއެކު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ވެބްސައިޓްތައް އަދި ޓެލެކޮމް ހިދުމަތްދޭ ކުންފުނިތަކަށް ވަނީ ހުޝީ ކަޕޫރުގެ ހުތުރު ފޮޓޯއާއި ވީޑިއޯތައް ހުރި ލިންކްތައް ވަގުތުން ނަގައި ބްލޮކްކުރުމަށް އަންގައިފަ އެވެ. މިއީ އޭއައި ޓެކްނޮލޮޖީ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސެލެބްރިޓީންގެ އަބުރު ގެއްލުވާލުމާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;