ads
ޝާހިދު އައްޑޫއަށް ވަޑައިގެންނެވުން
ކެމްޕެއިނަށް ވަޑައިގަތުމުން އައްޑޫން ޝާހިދަށް ހޫނު މަރުހަބާއެއް
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް، އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން، އެ ސިޓީން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
Advertisement

ކެމްޕެއިނަށް އައްޑޫ ސިޓީއަށް ޝާހިދު މިރޭ ވަޑައިގެންނެވިއިރު، އަރިހުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަޑައިގެންނެވިއެވެ. 

އައްޑޫން ޝާހިދުއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އައްޑޫ ހިތަދޫގައި ޝާހިދުގެ ކެމްޕެއިން ޖަލްސާއެއް މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ޝާހިދު،  ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރައްވަ އެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި މިރޭ ހިތަދޫގައި އޮންނަ ޖަލްސާގައި، ޝާހިދު ރަސްމީކޮށް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ފަށްޓަވާނެއެވެ. ޝާހިދުވަނީ ކެމްޕެއިން ލަވައެއް މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;