ads
ތިލަމާލެ ބްރިޖު. ފޮޓޯ: ހަތާވީސް
ތިލަމާލެ ބްރިޖު މަސައްކަތް މި ސަރުކާން ފެށީ ސުމަކުން، މިހާރު ވަރަށް ބާރަށް ކުރިޔަށް ދޭ: ރައީސް
ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރޫކާރުން ފަށަން ޖެހުނީ ސުމަކުންކަމަށައި މިހާރު ރާއްޖެއާ އިންޑިއާގެ ގާތް ގުޅުމުގެ ސަބަބުން ތިލަމާލެ ބުރިޖުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގެ ސިލްސިލާ ޕޮޑްކާސްޓް 'ދަ ޕަލްސް'ގެ މި ހަފްތާގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަރުކާރުން ކުރިޔަށް ގެނަދަވާ މަޝްރޫެއުތަކުގެ ބައެއް ތަފްސީލުތައް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިމޭނެ އަހަރަށް ވެގެންދާނެ ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތަފްސީލު ދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ތިލަމާލެ ބްރުޖުގެ މަސައްކަތަކީ މި ސަރުކާރުން ސުމަކުން ފެށީ މަސައްކަތެއްކަމަށެވެ. އެގޮތުން މާލެއާއި ބިލިމާލެއާއި ދެމެދު ތަނބެއް ޖެހި އެފަދަ އެއްވެސް މަސައްކަތެއް މި ސަރުކާރު ހަވާލުވިއިރު ކުރެވިފައި ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

މި ސަރުކާރުން ހަވާލުވި ފަހުން ތިލަމާލެ ބްރިޖިހގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން ވަރަށް ކައިރިން ބަލަމުން އެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއާ އިންޑިއާ ދެމެދު މިހާރު އޮތް ގާތްގުޅުމުގެ ސަބަބުން ބުރިޖުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިޔަށްދާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާއި ހަވާލުވި ހިސާބު ވަރަށް ސަމާލުކަންދީގެން ވަރަށް ގާތުން މި ސަރުކާރުން މިކަމުގައި މަސައްކަތްތައް ކުރަން. އަޅުގަނޑުމެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް މަޝްރޫއު ނިންމަން. ދެން އެހެންވީމަ ދެ ސަރުކާރުގެ ގާތްގުޅުގެ ތެރެއިން މިހާރު މަސައްކަތް އެދަނީ ވަރަށް ބާރަަށް ކުރިޔަށް" ރައީސް ވިދާޅުވި އެވެ.

މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީއެވެ. ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;