އެޗްޕީއޭއިން ބުނީ މި އުސޫލުގެ ދަށުން މާލީ އެހީ ދިނުމުގެ މަގުސަދަކީ ، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށް ހިންގާ މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުގެ ތެރެއިނ،ް ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި މުޖުތަމައުތަކުގެ ސިއްހަތު ރައްކައުތެރިކުރުމަށް ބާރުއަޅައ،ި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ އަދި ސަރުކާރުން މި ދާއިރާގައި ކުރަމުންދާ މަސައްކަތާއި ހިންގާ ސިޔާސަތުތަކާ ފުށުނާރާ ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް ހިންގުމަށް ހުށަހަޅާ ފަރާތްތަކަށް އެ ހަރަކާތްތައް ހިންގުމަށް މާލީ އެހީ ދިނުން ކަމަށެވެ.
އެގޮތުން ޖަމިއްޔާ ޖަމާއަތްތަކުން ހުށައަޅާ ހުށެއެޅުންތަކަށް ބެލުމަށްފަހު ކޮންމެ އަހަރަކު ޖުމުލަ ތިން މިލިޔަން ރުފިޔ،ާ މާލީ އެހީގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހީ ދޭގޮތާއި ދޭ އަދަދުތައް
އެޗްޕީއޭއިން ބުނީ ކޮންމެ ހުށަހެޅުމެއްގައ،ި އިދާރީ ހަރަދުގެ ގޮތުގައި ހިމެނުމަށް ގިނަވެގެން ކަނޑައެޅޭނީ ، ހުށަހަޅާ އަދަދުގެ 20 ވިހި އިންސައްތަ ކަމަށެވެ.
އެހީއަށް އެދޭ ޖަމިއްޔާތަކުގެ ތެރެިން އެހީ ދޭނެ ޖަމިއްޔާތައް ކަނޑައަޅަން ހެލްތު މިނިސްޓްރީން ހަތް މެމްބަރުން އެކުލެވޭ އެވޯޑިން ކޮމިޓީއެއް އުފައްދަން ޖެހެއެވެ. އަދި މި ކޮމެޓީގެ މުއްދަތަކީ 3 އަހަރުކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެހީއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ ހުރިހާ މަރުހަލާއަކުން ފާސްވާން ޖެހޭނެކަމަށް އުސޫލުގައި ވެއެވެ. އަދި ހުށަހެޅުންތައް ވަޒަންކުރުމުގައި ބަލާ މިންގަނޑުން ވަޒަންކުރުމުން ލިބޭ ޖުމުލަ މާކުސް 70 ހަތްދިހަ ވުރެ މަދު ވެގެން ނުވާނެކަަމަށްވެސް އުސޫލުގައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;