ދީނީ އިލުމުވެރިންގެ ބައްދަލުވުމަށް އިފްތިތާހްކޮށްދެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ މިނިސްޓްރީގެ މަސައްކަތްތަކުގައި ދީނީ އިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ސަތޭކައަށް ވުރެ ގިނަ އިލްމުވެރިން ބައިވެރިވާ ބައްދަލުވުމުގައި އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ހަތީބުންނާއި 13 އިމާމުންނާއި 24 އިސްލާމް މުދައްރިސުން ބައިވެރިވާކަމަށް ވެސް މިނިސްްޓްރީން ބުނެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާނީ "21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު" މި ތީމްގެ މައްޗަށްކަމަށް މިނިސްޓްރީން ބުނެ އެވެ. އިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުލޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މައުލޫއުތަކަށް އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށްދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރު އެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މައުލޫތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;