ads
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ކަށިމާ އަހުމަދު ޝާކިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވަނީ - ފޮޓޯ: ރައީސް އޮފީސް
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ކަށިމާ ޝާކިރަށް
ދިވެހި ދައުލަތަށާއި ދިވެހި ތާރީހާއި އަދަބިއްޔާތަށް ފޯރުކޮށްދެއްވާފައިވާ މުހިންމު ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) އަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
Advertisement

ހއ. އުތީމުގައި މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ކަށިމާ ޝާކިރަށް އެ އިއްޒަތް އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކަށިމާ ޝާކިރު، ދިވެހި ދައުލަތަށް ހިދުމަތް ފެއްޓެވީ 1969 ވަަނަ އަހަރުގަ އެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ހިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވައިފައި ވެއެވެ.

މިހާރު ވެސް ޝާކިރު ގެންދަވަނީ ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;