ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހއ. އުތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި އިސްލާމްދީން ހިމާޔަތް ކުރާނެ ފުރިހަމަ ނިޒާމެއް ގައުމުގައި ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށާއި، އެހެންކަމުން ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަން މިއީ ލިޔެކިޔުމުން ފެންނަން އޮތް ކަމެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އަޅުވެތިކަމުގެ ހިތްދަތިކަމުގައި އެތައް އަހަރަކު ޕޯޗުގީޒުންގެ އަތްދަށުގައި ރާއްޖެ އޮންނަން ޖެހުނީ އެންމެ މީހަކު ދީން ދޫކޮށްލުމުން ކަމަށެވެ.
ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާއާކުރުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;