ads
ހިތްވަރު ދިނުމުގެ ގައުމީ އިނާމާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން - ފޮޓޯ: ރައީސް އޮފީސް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަށް ބޭފުޅަކާއި ކުންފުންޏަކަށް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
Advertisement

އެ ބޭފުޅުންނަށް އެ ޝަރަފު ދިނީ ހއ. އުތީމުގައި މިއަދު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން: 

  • ހައްވާ ލަތީފު، މުޝްތަރީގެ، ގއ. ދާންދޫ (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ) 
  • މުހައްމަދު ނަސީރު، ދަނބުގެ، ހދ. ވައިކަރަދޫ (ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ)
  • ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު، ހުޅުމާލެ (ދިވެހި ތާރީހުގެ ދާއިރާ) 
  • މުހައްމަދު އަހުމަދު، ވިނަރެސް 10 (ސިއްހީ ދާއިރާ)
  • ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާ)
  • އަރުޝަދު އަހުމަދު، ފަހިވާ، ހއ. އުލިގަން (މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ) 
  • އާއިޝަތު ނައުރާ، ހ. ސީޓް (ކުޅިވަރުގެ ދާއިރާ) 
  • އިސްމާއިލް އަބްދުލްގަފޫރު، ހ. އަރިހިޔާ (ވިޝުއަލް އާޓްސްގެ ދާއިރާ)

މިއަދުގެ ޖަލްސާގައި ވަނީ ހިދުމަތުގެ ގައުމީ އިނާމު ރާއްޖޭގެ މަޝްހޫރު ކޯޗު އަލްމަރުހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް ވެސް އަރުވައިފަ އެވެ. ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ އިހްސާން ގަބްދުލްގަނީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސް މުއިއްޒު އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް މުއިއްޒު ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި މުއިއްޒު ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;