މިއަދު ހެނދުނު މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފެސިލިޓީ މެނޭޖްމެންޓް އަދި ތިލަފުށި އޮޕަރޭޝަންސް މުވައްޒަފުންނެވެ.
ސާފް ކުރުމުގެ ހަރަކާތުގެ ތެރެއިން 138 ޕްލާސްޓިކް ފުޅި އެ ސަރަހައްދުން ނަގާފައިވާއިރު، މަދިރި ފަނި އަޅާފައި ހުރި 487 ފުޅިމަދުފޮއްޓާއި، ފުޅިބުރި އާއި، އަދި ބަކެޓްތައް ވަނީ ނައްތާލައިފަ އެވެ.
އަދި ފުޅައުފެދިފައި ހުރި 18 ތަނެއް ނައްތާލިއިރު، ފަސް ނަޖިސްފެންގަނޑު ނައްތާލާފައިވެ އެވެ.
މި އިވެންޓުން ވާހަކ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ސާފު ކުރުންތައް ކުރިއަށް ގެންދަން ޖެހޭ ދެބޭނުމެއް އެބައޮތް ކަމަށާއި އެއް ބޭނުމަކީ ރައްޔިތުންނަށް އެ މީހުން މި މަސައްކަތުގައި އުޅެން ޖެހޭކަން ހާމަކޮށްދިނުންކަމުގައި އެވެ.
އެ ގޮތަށް އެކަން ކުރަން ޖެހެނީ މި ކަމަކީ ރައްޔިތުން އިސް ނަގައިގެން ކުރީމަ ނޫނިއްޔާ ނުކުރެވޭނެ ކަމެއްކަމަށް ވާތީ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ދެވަނަ ބޭނުމެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެންމެގެ ތެރޭގައި މިކަމުގައި އޮންނަ އެއްބާރުލުމާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ދައްކަން ބޭނުންވާތީ ކަމުގަ އެވެ.
އެޗްޑީސީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.
މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައިވެސް ވަނީ އެޗްޑީސީން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;