ads
އިންޑޮނޭޝިއާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައުން
އިންޑޮނޭޝިއާއަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް!
އިންޑޮނޭޝިއާގެ ސުމަތުރާއަށް ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
Advertisement

މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ މާލެއާ ގާތްގަނޑަކަށް 2,832 ކިލޯމީޓަރު ދުރުމިނަށެވެ. މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މެޓުން ބުންޏެވެ.

މިއީ މިއަދުގެ ވަގުތެއްގައި އިންޑޮނޭޝިއާއަށް އައި މިފަދަ ދެވަނަ ބިންހެލުމެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އެ ގައުމުގެ ފްލޮރެސް އައިލެންޑްސް ސަރަޙައްދަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، އެ ހާދިސާގައި މިހާތަނަށް 38 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޭރުގެ ނޫސްތަކުން އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ފަތިހު އައި ބިންހެލުމުގައި އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 38އަށް އަރައިފަ އެވެ. އަދި ދެ މީހަކަށް ސީރިއަސް އަނިޔާތައް ލިބި، 11 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

މި ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ ބިންހެލުންތައް ގިނައިން އަންނަ ޕެސިފިކް "ރިންގް އޮފް ފަޔަ" ސަރަހައްދަށެވެ. މިއީ 1992 ވަނަ އަހަރު އައި ބިންހެލުމާއި ސުނާމީއެއްގައި ފްލޯރެސް އައިލެންޑުން 2,500އަށް ވުރެ ގިނަ މީހުން މަރުވި ސަރަހައްދެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;